ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 121 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 3،728 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 121 ސާމްޕަލް ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 49 މީހުން، އަތޮޅުތެރޭ ރައްތަކުން 46 މީހުން، ރިސޯޓުތަކުން 12 މީހުން، ފަތުރުވެރިންނަށް ހާއްސަ ކަނޑުއުޅަނދުތަކުން އެކަކު، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން 13 މީހުންނެވެ.
✳️ COVID-19 : Case Updates
As of 28.03.2021, 06:00 PM
Malé area: 49
Inhabited islands: 46
Operational Resorts: 12
Non-operational Resorts: 0
Live aboard: 1
Islands under development: 0
Industrial/islands used for other purposes : 13Total number of cases: 121 pic.twitter.com/cfEhMmVZzG
— Health Protection Agency (@HPA_MV) March 28, 2021
މިހާތަނަށް ކޮވިޑް-19 އަށް 23،524 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 20،723 އެވެ.
މިވަގުތު 2،728 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 93 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.



