ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތީ / ފޮޓޯ:އަވަސް

ދެކުނަށް ޔެލޯ އެލާޓް، ވައި ގަދަވާނެ

ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރައްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އެސަރަހައްދަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ޔެލޯ އެލާޓުގައި ބުނެފައިވަނީ މިރޭ 22:30 އިން ދަންވަރު 02:30 ހާދެމެދުގެ ވަގުތުތަކުގައި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރައްތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށެވެ.

"ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވުން" މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ޔެލޯ އެލާޓުގައި ބުނެފައިވެއެވެ.

މިރޭ 8:00 އިން މާދަމާ ރޭގަނޑު 8:00 އަށް މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭއިރު އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 3 - 6 ފޫޓުގައި ހުއްނާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ