ކުއްލި ގޮތަކަށް އިއްޔެ ނިޔާވި ޅ. އަތޮޅު ހިންނަވަރަށް ނިސްބަތްވާ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެމީހާ ނިޔާވެފައި ވަނީ ނޭވާލާން އުނދަގޫވެގެން ނައިފަރަށް ގެންގޮސް، ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. މި މީހާ ކޮވިޑަށް ޕޮޒިޓިވްކަން ހާމަކޮށްފައި ވަނީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ.
ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނީ، ހިންނަވަރުން އެ ހޮސްޕިޓަލަށް ގެންދިޔައިރު، ނިޔާވެފައިވާ މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަދި ވަކިއެއްޗެއް ވިދާޅެއްނުވެއެވެ.
މީގެ ދެދުވަސް ކުރިން ހިންނަވަރުން ބަލީގެ އަލާމަތް(ރޯގާގެ އަލާމާތް)ފެނިގެން ޓެސްޓުކުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށާއި، ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށްވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައެވެ.
ހިންނަވަރުން ޕޮޒިޓިވް ކޭސްއެއް ފެނި އެރަށް މިހާރު މޮނީޓަރިން އަށް ލާފައިވާއިރު، އެ އަތޮޅު ނައިފަރައި ފެލިވަރުން ކޭސްތަކެއް ފެނި އެ ދެރަށް ވެސް އޮތޯ މޮނީޓަރިންގެ ހާލަތުގައެވެ.





