45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ވައިޓް އެލާޓް ނެރެފި

45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ރ އަތޮޅުގެ ސަރަހައްދަށެވެ.

މެޓް އޮފީހުން ވިދާޅުވީ، މި ސަރައްދަށް މިއަދު ހަވީރު 16:15 އިން ފެށިގެން މިރޭ 21:15 އަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން މިއަދު ހަވީރު 18:00 އަށް ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ދަށްވާން ފަށާނީ މާދަމާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، މިއަދާއި މިރޭ ދެކުނާއި، މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށާއި އުތުރުގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ