ނައިފަރު - ފޮޓޯ: ނައިފަރު ކައުންސިލް

ނައިފަރުން މިއަދު ގިނަ ބަޔަކު ޕޮޒިޓިވްވެއްޖެ

ޅ. ނައިފަރުން އަނެއްކާވެސް ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޖައުފަރު މި ނޫހަށް މަޢުލޫމާތު ދެއްވި ގޮތުތުގައި ނައިފަރުން މިއަދު ވަނީ 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މި ވަނީ 31 އަށް އަރާފައެވެ.

ޖަޢުފަރު ވިދާޅުވި ގޮތުގައި މީގެ ގަޑިއެއްހާއިރު ކުރިން އެރަށު ފަޅު ތެރޭގައި އޮތް ލޭނާރު ނަމަކަށް ކިޔާ ދޯންޏަކުން 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ދޯނިވެސް މީހާރު ވަނީ ކަރަންޓީނަށް ލައިފައެވެ. އެދޯނިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ގެއަށް ބަދަލު ކޮށްފައިވާއިރު، އެކަކު ކަރަންޓްވީން ވާނެ ތަކެއް ނުލިބުމުން މި ވަގުތު ވަނީ ކައުންސިލްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލު ކުރެވިފައިކަމަށް ޖައުފަރު ވިދާޅުވިއެވެ.

ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެވެސް ތިބީ އެރަށުގައެވެ. އެކަކު ވަނީ ބ. އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރެވިފައެވެ.

ޖައުފަރު ވިދާޅުވީ އެރަށުގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އެންމެންގެވެސް ހާލު ރަނގަޅު ކަމަށެވެ.

މިހާރު ނަތީޖާ ލިބެމުން ދަނީ އެރަށުން ކުރިން ޕޮޒިޓިވް ވި ކޭސްއާއި ގުޅިގެން ނެގި ކޮންޓްރެކްޓް ޓްރޭސިންގެ ސާމްޕަލްތަކުގެއެވެ. ރަށުތެރެއިން ރެންޑަމްކޮށް ނެގި އެއްވެސް ސާމްޕަލެއްގެ ނަތީޖާ މިހާ ހިސާބަށް ލިބިފައެއް ނުވެއެވެ.

ޖައުފަރު ވިދާޅުވީ އެރަށުން ވަނީ ރެންޑަމްކޮށް 1022 ސާމްޕަލެއް ނެގިފައި ކަމަށާއި، ރަށުގެ ހާލަތު އޮތް ގޮތެއް އެނގޭނީ އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
118
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ