ކ. ހުރާ އިން މިހާތަނަށް 90 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އިތުރު ޓެސްޓެއް ހެދުމަށް ހުރާއިން މަލެ ގެންދިޔަ ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމައި ގުޅިގެން އެރަށް ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި އެމީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި ނެގި ސާމްޕަލް ތަކުން ގިނަ ބަޔަކު ޕޮޒިޓިވް ވެ، އެ ކްލަސްޓާއިން މިހާތަނަށް 90 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ހުރާ ހެލްތް ސެންޓަރުން އާންމު ކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެރަށުން މިއަދުވެސް ވަނީ 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހޯމް ކަރަންޓީންގައި ހުރި ދެ މީހަކުވެސް ހިމެނޭކަމުގައި ހުރާ ހެލްތް ސެންޓަރުން ވިދާޅުވެއެވެ.
ހުރާއިން ވަނީ 449 ސާމްޕަލެއް ނަގާފައެވެ. އޭގެ ތެރެއިން 289 ސާމްޕަލެއް ނެގެޓިވް ވެފައިވާއިރު، 70 ސާމްޕަލެއްގެ ނަތީޖާ އަދި ވަނީ ނުލިބިއެވެ.
ހުރާއިން ނެގި ސާމްޕަލްތަކުގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގިފައިވާ 304 ސާމްޕަލެއް ހިމެނޭ އިރު، ރެންޑަމް 145 ސާމްޕަލެއް ވަނީ ނަގާފައެވެ.
ހުރާގެ އިތުރުން ރާއްޖޭގެ ގިނަ ރައްތަކެއްގައި ދަނީ ކޮވިޑް ފެތުރެމުންނެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														