ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލް

ނައިފަރުން މިއަދުވެސް 12 މީހަކު ޕޮޒިޓިވް ވެއްޖެ

ޅ. ނައިފަރުން މިއަދުވެސް ކޮވިޑް-19 އަށް 12 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން އާންމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ނައިފަރުން މިހާތަނަށް 43 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ނައިފަރުން 1265 ސާމްޕަލެއް ނެގިފައިވާއިރު މިހާތަނަށް 724 ސާމްޕަލެއްގެ ނަތީޖާ ވަނީ ލިބިފައެވެ. އޭގެތެރެއިން 681 މީހަކު ނެގެޓިވް ވެފައިވާއިރު، މިހާތަނަށް ނަތީޖާ ނުލިބި 541 ސާމްޕަލެއް ވެއެވެ.

ކޮވިޑް ކޭސްއެއް ފެނި ނައިފަރު މިނިޓަރިންއަސް ލާފައި ވަނީ މާރިޗު 23 ވަނަ ދުވަހުއެވެ. .

އެރަށުން ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ ރ. އުނގޫފާރަށް ދަތުރު ކޮށްފައިވާ ޞިއްޙީ ދާއިރާގެ މީހެކެވެ. އޭގެ ފަހުން އެކޭސްއާއި ގުޅުން ހުރި ގިނަ ބަޔަކު އަންނަނީ ޕޮޒިޓިވް ވަމުންނެވެ.

މީގެ އިތުރުން އިއްޔެ ވަނީ ނައިފަރު ފަޅުގައި އޮތް ދޯންޏަކުންވެސް 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެދޯނިން3 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެދޯނި ވަނީ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.

ނައިފަރުގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރައްތަކަކުން ވަނީ ކޮވިޑް-19 ފެނިފައެވެ.

ރާއްޖޭގައި މިހާތަނަށް 23،671 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރެއިން މިހާރު މި ބައްޔަށް ފަރުވާހޯދަމުން ދަނީ 2،759 މީހެކެވެ. މިބަލީގައި މިހާތަނަށް 66 މީހަކު މަރުވެފައިވާއިރު، 93 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ