މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 167 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 3،493 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 167 ސާމްޕަލް ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 86 މީހުން، އަތޮޅުތެރޭ ރައްތަކުން 59 މީހުން، ރިސޯޓުތަކުން 21 މީހުން، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން އެކަކެވެ.
✳️ COVID-19 : Case Updates
As of 30.03.2021, 06:00 PM
Malé area: 86
Inhabited islands: 59
Operational Resorts: 21
Non-operational Resorts: 0
Live aboard: 0
Islands under development: 0
Industrial/islands used for other purposes : 1Total number of cases: 167 pic.twitter.com/dLMIUxxeMI
— Health Protection Agency (@HPA_MV) March 30, 2021
މިހާތަނަށް ކޮވިޑް-19 އަށް 23،838 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 20،984 އެވެ.
މިވަގުތު 2،780 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 91 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.



