ވިލާތުގެ އިއްތިހާދުން އިޓަލީއަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީންވާންޖެހޭގޮތް ހަދައިފި

ވިލާތުގެ އިއްތިހާދު ގައުމުތަކުން އިޓަލީއަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީންވާންޖެހޭގޮތް ހަދައިފިއެވެ.

އިޓަލީއިން މިފަދަ ފިޔަވަޅެއް އަޅައިފައި މިވަނީ އިޓަލީ ހިމެނޭގޮތުން ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގައި ތިންވަނަ ފަހަރަކަށް ކޮވިޑް-19ގެ ކޭސްތައް ފެއްނަން ފަށައިފައި ވަނިކޮށެވެ.

މީގެކުރިން އިޓަލީގައި ކަރަންޓީނުގެ އުސޫލު އޮއްނަ ގޮތުން ވިލާތުގެ އިއްތިހާދަށް ނިސްބަތްވާ ގައުމުތަކުން އިޓަލީއަށް ދަތުރުކުރިނަމަވެސް ކަރަންޓީން ވާކަށް ނުޖެހެއެވެ. ނަމަވެސް އަލަށް ގެނެވޭ ބަދަލާއެކު ފަސްދުވަހަށް ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން އައްނަ ފަރާތްތައް އިޓަލީގައި ކަރަންޓީންވާން ޖެހޭނެއެވެ.

މީގެއިތުރުން ކޮވިޑް-19 ފެތުރުން ކޮންޓްރޫލް ކުރުމުގެ ގޮތުން އިޓަލީއިންވަނީ އީސްޓަރ ބަންދުދުވަސްތަކާއި ދިމާކޮށް ދަތުރުފަތުރު ކުރުމަށްވެސް ބަޔެއް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

އިޓަލީއިން މިހާތަނަށް މުޅިޖުމްލަ ކޮވިޑް-19 އަށް 3,561,012 މީހުންވަނީ ޕޮޒިޓިވުވެފައެވެ. މީގެތެރެއިން 108,879 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ