ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތުން 85،000ރ. ނުނަންގަވަން އެމަނިކުފާނު ނިންމަވައިފި އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވައެވެ. އަދި މަޖިލިހުގެ ރައީސްގެ މަގާމުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،000ރ. ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގަންނަވާނެއެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އޮންލައިން ނޫސް "މިހާރު" އަށް މިރޭ ވިދާޅުވެފައިވަނީ ނަޝީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރެއިން އެމަނިކުފާނު ހަމައެކަނި ބޭނުންފުޅު ވަނީ އޮފީސް ހިންގުމުގެ ހަރަދާއި ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ދޭ އިނާޔަތް ކަމަށެވެ.
އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުން 87،000ރ. ދޭއިރު، މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށް 10،000ރ ގެ އިނާޔަތް އުނިކުރަން ނަޝީދު ފިނޭންސްގައި އެދިލައްވާފައިވާކަމަށް މަޖިލީހުގެ އަމީން އާއްމު ވިދާޅުވިއެވެ.
ނަޝީދަށް ލިބިވަޑައިގަންނަވާ ކުރީގެ ރައީސުންގެ އިނާޔަތުގެ ތެރެއިން ބައެއް އުނިކޮށްފި ނަމަ، ނަޝީދަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 160،000ރ. އެވެ.
ރާއްޖޭގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދައުލަތުން މިހާރު އިނާޔަތް ދެނީ ނަޝީދުގެ އިތުރުން މައުމޫން އަބްދުލްގައްޔޫމާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަބްދުﷲ ޔާމީނަށެވެ.




2 Responses
ތީ ހަމަ ކުޅެލާ ޑުރާމާއެއް. މަޖިލިހުގެ މުސާރަ ފިޔަވާ އެއްވެސް އެއްޗެއް ދޭކައްނުފެނޭ. ވޭތުވެދިޔަ 7އަހަރު ދައުލަތައް ގެއްލުން ދިން މީހަކައް ކޮން އިނާޔަތެއް. އިނާޔަތް ނަގައިގެން މުޅި ގައުމު ހަލާކުކުރީ. އަމިއްލަ އެދުމައިގެން.
އަހަރުމެން އަންނި ދެކެ ލޯބި ވަނީ މިހެންވެ.♥️