ސިނަފޯމް ވެކްސިންގެ ދެވަނަ ޝިޕްމެންޓް ރާއްޖެ ގެނެސްފި

ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ސިނަފޯމް ވެކްސިންގެ ދެވަނަ ޝިޕްމެންޓް ރާއްޖެއަށް ގެނެސްފި އެވެ.

ފޮރިންގ މިނިސްޓަރު ޝާހިދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ހަދިޔާކޮށްފައިވާ ސިނަފޯމް ވެކްސިންގެ ބާކީ އެއްލައްކަ ޑޯޒް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އަދި އެއާއިއެކު އިތުރު ސިއްހީ ފަރުވާދޭ އާލާތްތައްވެސް ގެނެސްފައިވާ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ޝާހިދު ވަނީ، ޗައިނާ ސަރުކާރަށާއި، ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އަށާއި، ޗައިނާގެ ރައްޔިތުންނަށް ޝިކުރުއަދާކުރައްވާފައެވެ.

ޗައިނާ އިން ވަނީ ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ސިނަފޯމް ވެކްސިން ހަދިޔާކޮށްފަ އެވެ. އޭގެތެރެއިން ފުރަތަމަ ބެޗް ރާއްޖެއަށް ލިބިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގަ އެވެ. ފުރަތަމަ ބެޗްވެސް ރާއްޖެއަށް ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާ ކޮށްގެންނެވެ. ޗައިނާއިން ހަދިޔާކުރި ސިނަފޯމް ވެކްސިންގެ ދެލައްކަ ޑޯޒްގެ ތެރެއިން ފުރަތަމަ ބެޗްގެ އެއްލައްކަ ޑޯޒް ޖެހުމަށްފަހު ދެވަނަ ބެޗްގެ އެއްލައްކަ ޑޯޒް ބޭނުންކުރާނީ ދެވަނަ ޑޯޒް ޖަހަން ކަމަށް މިނިސްޓަރު ޝާހިދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ