މަޖްލިސް ރިޕޯޓްގައި އޮތީ ފަންނީ ފަރާތްތަކުން ފްލެޓް އަތުލަން ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި އޮތީ ފަންނީ ފަރާތްތަކުން ފްލެޓް އަތުލަން ނޫން ކަމަށާއި، ރިޕޯޓްގައި އޮތީ ފަންނީ ފަރާތްތަކުން އެދެނީނަމަ އެމީހުންގެ އާމްދަނީއާއި ބައްދަލު ގެދޮރުވެރިކަމުގެ ޕްރޮގްރާމްއަކަށް ހިޖުރަ ކުރުމުގެ ފުރުޞަތު އެ ފަރަތާތްތަކަށް ދިނުމަށް ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ޤައުމީ ތަރަށްޤީއާއި ތަރިކައިގެ ކޮމެޓީން ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާއި ގުޅޭ ގޮތުން އެކޮމެޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް މިއަދު މަޖިލީހުގައި އިއްވާފައެވެ.
Majlis report gai othee fannee faraiythakun flat athulaakah noon. Report gai othee fannee faraiythakun edhenee nama emeehunge aanmdhanee aai bahdhal gedhoruverikamuge programme akah hijurakurumuge furusath e faraiythakah dhinumahhttps://t.co/342cu8GuVF
— Mohamed Nasheed (@MohamedNasheed) March 31, 2021
އެގޮތުން އެ ރިޕޯޓްގައި ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައި ވާއިރު މަޖިލީހުން ވަނީ ގިނަ އިސްލާހުތަކެއްވެސް ގެނައުމަށް ފާސްކޮށްފައެވެ.
އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކޮށްފައިވާ ކެޓެގަރީން ފްލެޓް ލިބުމަށް ޝަރުތުހަމަވެ، ފްލެޓް ލިބޭނެކަމަށް ކަނޑައެޅިފައިވާ ފަރާތްތަކާމެދު އަމަލު ކުރާނެ ގޮތެއް މިއަދު ވަނީ ނިންމާފައެވެ.
އެގޮތުން ސަރުކާރުން މަޝްވަރާ ކުރުމަށްފަހު މިހާރު ލިބިފައިވާ ފްލެޓްތައް ދޫކޮށްލުމަށް އެދޭ މީހުން ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ ގެދޮރުވެރި ކުރުވުމުގެ މަޝްރޫއުތަކުން އެމީހަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތު އެންމެ އެކަށޭނަ ގިންތިއަކުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން އެފަރާތްތަކަށް ދިނުމަށް އެންގުމަށް ވަނީ ނިންމާފައެވެ.
ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް އަލުން މުރާޖާކުރިއިރު، ޝަރުތު ފުރިހަމަނުވާ މީހުންނަށް ފްލެޓް ލިބިފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
މިއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ދާއިމީ ލިސްޓުގައި ޝަރުތުހަމަނުވާ މީހުން ތިބި ނަމަ އެކަން ބަލައި އެ ލިސްޓުން އެފަރާތްތައް އުނިކުރަން އެންގުމަށް ފާސްކޮށްފައެވެ.



