އަމިއްލައަށް މަރުވި ހަނާ ކިމޫރާ

ނެޓްފުލިކްސް ތަރިއެއް އަމިއްލައަށް މަރުވި މައްސަލައިގައި ޖަޕާނު ރައްޔިތަކު 80 ޑޮލަރުން ޖޫރިމަނާކޮށްފި

ޖަޕާނުގެ ފުޖީޓީވީ އިން ކޯ ޕްރޮޑިއުސްކޮށް ނެޓްފްލިކްސް އިން ޑިސްޓްރިބިއުޓުކުރި ރިއަލިޓީ ޝޯ ޓެރެސް ހައުސްގެ ތަރިއެއް ކަމަށްވާ ހަނާ ކިމޫރާ މިދިޔަ އަހަރު އަމިއްލައަށް މަރުވި މައްސަލައިގައި ޖަޕާނުގެ ރައްޔިތަކު 9،000 ޔެން (80 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ.

ޖޫރިމަނާކުރި މީހާގެ ވަނަވަރު ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވިނަމަވެސް މައުލޫމާތު ލިބޭގޮތުގައި މިމީހާ ޖޫރިމަނާ ކޮށްފައިވަނީ ކިމޫރާގެ މީސްމީޑިއާ އެކައުންޓުގައި ކިމޫރާއަށް ނިސްބަތްކޮށް ހަޑިހުތުރު އެއްޗެހި ކޮމެންޓުކޮށް އަދި ދިމާކޮށްފައިވާ މައްސަލައިގައެވެ.

އުމުރުން 22 އަހަރުގެ ކިމޫރާ އަމިއްލައަށް މަރުވެފައިވައިވަނީ 2020 ވަނަ އަހަރުގެ މެއިމަހުގައެވެ. ކިމޫރާ އަމިއްލައަށް މަރުވި ސަބަބެއް ނޭންގުނު ނަމަވެސް ބެލެވޭ ގޮތުގައި ކިމޫރާ އަމިއްލައަށް މަރުވެފައިވަނީ، ބަޔެއް މީހުންގެ ދިމާކުރުމާއި ފުރައްސާރައިގެ ސަބަބުންނެވެ. ކިމޫރާ އަމިއްލައަށް މަރުވުމުގެ ކުރިން އޭނާގެ އަމިއްލަ ޓުވިޓާ އެކައުންޓުން އަމިއްލައަށް ގެއްލުން ދިނުމާއި ގުޅޭ ޓުވީޓުތައް ކޮށްފައި ވެއެވެ.

ކިމޫރާ އަމިއްލައަށް މަރުވުމުގެ ކުރިން އޭނާ ކުޅެމުންދިޔަ ޓެރެސް ހައުސް އަކީ ޖަޕާނުގެ ޒުވާން ހަމީހަކު އެއްގެއެއްގައި ދިރިއުޅޭ މަންޒަރު ދައްކުވައިދޭ ރިއަލިޓީ ޝޯއެކެވެ. ކިމޫރާ އަމިއްލައަށް މަރުވުމުގެ ހާދިސާއާއި ގުޅިގެން މި ޝޯ ހުއްޓާލިނަމަވެސް ޝޯ ހުއްޓާލުމުގެ ކުރިން މި ޝޯއަކީ ގިނަބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ޝޯއެކެވެ. ގިނަބަޔެއްގެ މަގުބޫލުކަން މި ޝޯއަށް ލިބުނު އެއްސަބަބަކީ ޝޯގައި އުޅޭ މީހުންގެ އަސްލު ދިރިއުޅުން ދައްކައިދީ ޑުރާމާގެ ގޮތްގަނޑު ކުޑަވުމެވެ.

ރިޕޯޓުތައް ބުނާގޮތުން ކިމޫރާއަށް އަމާޒުކޮށް ގިނަފަރާތްތަކަކުން މީސްމީޑިއާގައި ފާޑުކިޔަން ފަށައިފައިވަނީވެސް ޓެރެސް ހައުސްގެ އެޕިސޯޑެއްގައި ކިމޫރާ އެ ޝޯގެ އެހެން ބައިވެރިއަކާ މައްސަލަޖެހި ޒުވާބުކުރާ މަންޒަރުތަކަކާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ