ނެޓްފްލްކްސްގެ ކާމިޔާބު ސީރީޒް، "ދަ ވިޗާ"ގެ ދެވަނަ ސީޒަން ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށައިފި އެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅު ނެޓްފްލިކްސް އިން ގެނެސްދިން މި ސީރީޒްގެ ދަވަނަ ސީޒަންއަށް ފޭނުން އިންތިޒާރުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ދެވަނަ ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތް އެތައް ފަހަރަކު ފަސްވަމުން އައިސް، ޝޫޓިން އެއްކޮށް ނިއްމާލީ މިއަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ފުރަތަމަ ސީޒަނެކޭ އެއްގޮތަށް "ދަ ވިޗާ"ގެ ދެވަނަ ސީޒަނުގައިވެސް ހިމެނެނީ 8 އެޕިސޯޑެވެ.
ވީޑިއޯ ގޭމެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ "ދަ ވިޗާ" ގައި ވިޗާ ގެ ރޯލު ކުޅެފައިވަނީ، ޑީސީ ގެސުޕަމޭން ފިލްމްތަކުގައި ސުޕަމޭޏްގެ ރޯލު ކުޅުނު އެކްޓަރ ހެންރީ ކެވްލް އެވެ. ހެންރީ އަކީ މި ޝޯގައި އެންމެންގެ ފޭވަރިޓްއެވެ. މީގެ އިތުރުން، މި ސީރީޒް ގެ އަނެއް ފޭވަރިތް ކެރެކްޓަރ ކަމުގައިވާ “ޔެނިފާ” ގެ ރޯލު ކުޅެފައިވަނީ، އާންޔާ ޗަލޯތްރާއެވެ. މީގެ އިތުރުން، “ސީރީ” ގެ ރޯލު ކުޅެފައިވަނީ، ޒުވާން އެކްޓްރެސް ފްރެޔާ އެލެން އެވެ. ވިޗާ ގެ އިތުރުން މި ދެ ކެރެކްޓަރ އަކީ މި ސީރީޒްގެ މެއިން ކެރެކްޓަރ ތަކެވެ.
"ދަ ވިޗާ"ގެ ދެވަނަ ސީޒަން ނެޓްފްލިކްސްގައިސްޓްރީމް ކުރަން ފަށައިފައިވާއިރު، މި ސީރީޒްގެ ވާހަކައިގެ ތެރެއިން ކުރި ފަޅައިގެން އަންނަ އިތުރު ޕްރީކުއަލް ސީރީޒެއްވެސް ނެޓްފްލިކްސް އިން ވަނީ އިއުލާންކޮށްފައެވެ. ވެ. "ދަ ވިޗާ: ބްލަޑް އޮރިޖިން" ގެ ނަމުން ނަން ދީފައިވާ މި ސީރީޒްއަކީ، "ދަ ވިޗާ"ގެ ވާހަކަ ގެނެސްދޭ ހިސާބުގެ 1200 އަހަރު ކުރި ދައްކައިދޭނެ ސީރީޒްއެކެވެ.




