ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން ޑާދި ދެންމެ ވިދާޅުވީ، މާދަމާއިން ފެށިގެން ޑީސަލް ލީޓަރަކުން 78 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ހެޔޮ ވާނެ ކަމަށާއި، އެހެންކަމުން އެސްޓޯއޯގެ ފިއުލް ސްޓޭޝަން ތަކުން ތެޔޮ ވިއްކާނީ ޑިސަލް ލީޓަރެއް 11.19ރ އަދި ޕެޓްރޯލް ލީޓަރެއް 11.13ރ އަށް ކަމަށެވެ.
އެސްޓީއޯއިން ޕެޓްރޯލާއި ޑިސަލްގެ އަގަށް ގެނައި ބަދަލު:
ޕެޓްރޯލް (ލީޓަރެއް)
ކުރިން ލިބޭ އަގު: 11.39 ރުފިޔާ
ހެޔޮކުރި އަދަދު: 0.26 ރުފިޔާ
މިހާރު ލިބޭ އަގު: 11.13 ރުފިޔާ
ޑިސަލް (ލީޓަރެއް)
ކުރިން ލިބޭ އަގު: 11.97 ރުފިޔާ
ހެޔޮކުރި އަދަދު: 0.78 ރުފިޔާ
މިހާރު ލިބޭ އަގު: 11.19 ރުފިޔާ
Revision of Fuel price.
— STO Plc (@stoplc) June 13, 2019
This is the 3rd time we have reduced fuel price this year! #Anekkaaves pic.twitter.com/H31dFmJtva
މިއީ މިއަހަރު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރި ތިންވަނަ ފަހަރެވެ. އަދި އެންމެ ފަހުން އެކުންފުނިން ތެލުގެ އަގު ހެޔޮކޮށްފައިވަނީ ނިމިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.




