މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހީމް އިސްމާއީލް - ފޮޓޯ: އައްޑޫލައިވް

އިބްރާ ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި

މަންދު ކޮލެޖުގެެ ޗެއާމަން އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން، ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.

އެ ކޯޓުން ނެރެފައިވާ އަމުރުގައި ވިދާޅުވެފައި ވަނީ އެ ކޯޓުގެ ޤަޟިއްޔާއެއްގެ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން ހިންގޭ ޤަޟިއްޔާއަކާއި ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބެނުންވެ އަމުރާ ހަވާލުވެފައި ނުވާތީ އިބްރާ ކޯޓަށް ހާޒިރު ކުރެވިފައިނުވާކަމަށެވެ.

މިކަމާއި ގުޅިގެން އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިބްރާއާއި ހަވާލު ކުރެވިފައި ނުވާކަމަށް ބުނާ ޗިޓް ހިފައިގެން އެގެއަށް އައިސްފައި ނުވާކަމަށާއި، ދެރޭ ކުރިންވެސް އޭނައަށް ކޯޓުން ޗިޓެއް ފޮނުވާފައިވާކަމަށެވެ.

އިބްރާ ވިދާޅުވީ މި ދިޔަ މަސްދުވަހުގެ ތެރޭގައި އެހެން މައްސަލަތަކުގައި އެތަށްފަހަރަކު އޭނާ ކޯޓަށް ގޮސްފައިވާކަމަށާއި، ކޯޓުން އެތައް ޗިޓެއް މެއިލްއާއި ވައިބާ އިންވެސް އޭނާއަށް ފޮނުވާފައިވާކަމަށެވެ.

"ދެރޭ ކުރިންވެސް ފޮނުވި. ދެން އެކަމަކުވެސް ހެޔޮ. ހަމަ ޤާނޫނު އަސާސީ ވިއްކާލީ" އިބްރާ ވިދާޅުވިއެވެ.

ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި ވިދާޅުވެފައި ވަނީ އިބްރާ ބަންދުގައި ބަހައްޓައިގެން 2021 އޭޕްރީލް 04 ވަނަ ދުވަހުގެ 13:45 އަށް ކޯޓަށް ހާޒިރު ކުރުމަށާއި، އަދި ހާޒިރު ނުކުރެވޭނަމަ ހާޒިރު ކުރުމަށް އަންގާފައިވާ ގަޑީގެ 01 ގަޑިއިރު ކުރިން ލިޔުމަކުން އެ ކޯޓަށް އެންގުމަށެވެ.

މީގެ އިތުރުން އޭނާ ކޯޓަށް ހާޒިރު ކުރާއިރު، އެޗްޕީއޭގެ ގައިޑްލައިންތަކުގައިވާ ކަންތައްތައް ކަށަވަރު ކުރުމަށްފަހު އެމިންގަނޑަށް ފެތޭގޮތަށް ހާޒިރު ކުރުމަށްވެސް އެ އަމުރުގައި ވިދާޅުވެފައިވެއެވެ.

ސިވިލް ކޯޓުން ނެރެފައިވާ މި އަމުރާއި ގުޅިގެން އިބްރާ ވަނީ ޖޭއެސްސީގެ ބާރު އޭނާއަށް އެނގޭ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ