މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހީމް އިސްމާއީލް - ފޮޓޯ: އައްޑޫލައިވް

"ދީނާ ގުޅޭ ކަންކަން ޤާނޫނުގައި ލިޔަން ދެކޮޅު ހަދަނީ ޤާނޫނަށް ކިޔަމަންވާން ބޭނުން ނުވާތީ"

ދީނާ ގުޅޭ ކަންކަން ޤާނޫނުގައި ލިޔަން ދެކޮޅު ހަދާމީހުން ދެކޮޅު ހަދަނީ، ޤާނޫނަށް ކިޔަމަންވާން ބޭނުން ނުވާތީ ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވެފައި މިވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާއި ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށްބުނެ ޤާނޫނުލްއުޤޫބާތަށް އިސްލާޙު ގެނައުމަށް ހުށައެޅި ހުށައެޅުމައި ގުޅިގެން ވަރަށް ގިނަ ދީނީ ޢިލްމުވެރިންނާއި އާންމުން އެކަމާއި ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ.

މި އިސްލާހުގައި ބުނެފައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާއި ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމަކީ ނުވަތަ އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ބޮޑެތި އަދަބު ކަނޑައެޅިފައިވާ ކުށެއްކަމަށެވެ.

މިއިސްލާހާއި ގުޅިގެން ދީނާ ދެކޮޅު ނުވަތަ ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އިތުރު ބާރާއި ހިތްވަރު ލިބިގެން ދާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނަމަވެސް އިބްރާ ވިދާޅުވީ ދީނާ ގުޅޭ ކަންކަން ޤާނޫނުގައި ލިޔަން ދެކޮޅުހަދާ މީހުން ދެކޮޅު ހަދަނީ ދީނީ މައްސަލައެއްގައެއް ނޫންކަމަށާއި، އެމީހުން އެކަމަށް ދެކޮޅު ހަދަނީ ޤާނޫނަށް ކިޔަމަންވާން ބޭނުން ނުވާތީކަމަށެވެ.

"ބޭނުން ވަނީ އެމީހުން ބޭނުން މީހަކަށް ޙުކުމް ކޮށްލާފަ ފުރައްސާރަކޮށްލުން. އަނިޔާދޭން. މިކަން އެމީހުން އަތުން ގެއްލޭތީ އެއުޅެނީ" ޤާނޫނުލްއުޤޫބާތަށް ގެންނަން އުޅޭ އިސްލާހަށް ދެކޮޅު ހަދާ މީހުންނަށް ރައްދު ދެއްވައި އިބްރާ ވިދާޅުވިއެވެ.

އިބްރާ މިހެން ވިދާޅުވެފައި ވާއިރު މި އިސްލާހާއިއެކު އާންމުގެ ހުރި ކަންބޮޑުވުން ތަކާއި ގުޅިގެން ސަރުކާރުން ވަނީ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފްޞީލުކޮށް، އެ ކުށުގެ ޢަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ބަޔާން ކުރުމަށް ޤާނޫނުލްއުޤޫބާތަށް އިސްލާހު ހުށައެޅުމަށް ރައީސް އަށް ފޮނުވާފައެވެ.

އިބްރާ ވިދާޅުވެފައިވަނީ ދީނަށް ފުރައްސާރަ ކުރުމަކީ މިހާރުވެސް އަދަބު ކަނޑައެޅިފައި އޮތް ކުށެއްކަމަށާއި، އެކުއް ކުރިކަމަށް ތުހުމަތުވާ މީހާ ޖެހޭނީ ތަޙްޤީޤުކޮށް ޝަރީޢަތުން އަދަބު ދޭންކަމަށެވެ.

އެމީހާ އާއި ދިމާއަށް "ލާދީނީ" އޭ ގޮވައި ފަހަތުން ދުވެ މަރަން އިންޒާރު ނުދެވޭނެ ގޮތަށް ޤާނޫނު ހަދަން ޖެހެނީ އެކަން ހުއްޓުވަންކަމުގައި އިބްރާ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ