ލިޔެކިޔުންނެތް ބިދޭސީއަކަށް ވެކްސިން ޖަހަނީ | ފޮޓޯ: މިހާރު

ކޮވިޑް-19 ވެކްސިންގެ ދެވަަނަ ޑޯޒް ޖެހިމީހުންގެ އަދަދު 1،721 އަށް

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 1،721 އަށް އަރައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ގޮތުގައި ޖަހަމުން އަންނަ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދިނުން މިއަދު ރަސްމީކޮށް ފަށައިފައި ވީނަމަވެސް މީގެކުރިންވެސް ބަޔެއް ހާއްސަ ހާލަތްތަކެއްގައި ބަޔެއް ފަރާތްތަކަށް ވެކްސިންގެ ދެވަނަ ޑޯޒްވަނީ ދީފައެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ އެންމެފަހުގެ މައުލޫމާތު ދެމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދިންމީހުންގެ އަދަދަކީ 1،149 ކަމަށެވެ. އަދި މުޅިޖުމްލަ ދެވަނަ ޑޯޒް ދިންމީހުންގެ އަދަދަކީ 1،721 ކަމަށެވެ.

މިވަގުތު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންފަށައިފައި ނުވާއިރު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދެމުންދަނީ ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލެރީ، ހުޅުމާލެ ފުލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައެވެ.

އާންމު އުސޫލެއްގެ ގޮތުން މިވަގުތު ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ފެބްރުއަރީ އެކަކުން ފެބްރުއަރީ ހަތަރެއްގެ ނިޔަލަށް ފުރަތަމަ ޑޯޒް ޖަހައިފައިވާ ފަރާތްތަކަށެވެ. މިހެން މިކަން އޮތްނަމަވެސް ރާއްޖެއިން ބޭރަށް ދަތުރުކޮށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންވާއިރަށް ރާއްޖެ ނާދެވިދާނެ ފަރާތްތަކަށް އެޗްޕީއޭ އިން އަންނަނީ ދެވަނަ ޑޯޒް ދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ