ތ. ވިލުފުށި
ތ. ވިލުފުށި - ފޮޓޯ: ރާއްޖެ އެމްވީ

ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހަކު ވިލުފުށިން ޕޮޒިޓިވް ވެއްޖެ

ތ. ވިލުފުށިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ވިލުފުށީ ކައުންސިލްގެ ރައީސް ޙުސައިން އަބްދުއްސަލާމް އާދަމް މި ނޫހަށް ވިދާޅުވީ އެމީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިއަދު ހަވީރު 6 ޖަހަން ކައިރިވެފައި ވަނިކޮށްކަމަށާއި، އެމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ރަށު ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމަށެވެ.

ޙުސައިން ޢަބްދުއްސަލާމް ވިދާޅުވީ، އެމީހާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައި ކަމަށާއި، އޭގެ ފަހުން ކޮވިޑްގެ އިތުރު އަލާމާތްތައް ފެންނަކަން އެމީހާ އެރަށު ހެލްތް ސެންޓަރަށް އަންގާފައިކަމަށެވެ. ރޯގާ ޖެހި ކާއެއްޗެހީގައި ރަހަ ނުލުމާއި ވަސްނުދުވާކަމަށް އޭނާ ބުނެފައިވާކަމުގައި ޙުސައިން ޢަބްދުއްސަލާމް ވިދާޅުވިއެވެ.

ކޮވިޑްގެ އަލާމަތްތައް އެމީހާގެ ގައިން ފެނުމުން އެމީހާގެ ސާމްޕަލް ވަނީ ނަގާފައެވެ. ޙުސައިން ޢަބްދުއްސަލާމް ވިދާޅުވި ގޮތުގައި އެމީހާ އަކީ މިފަހުން އެހެން ރަށަކަށް ދަތުރު ކޮށްފައިވާ މީހެއްވެސް ނޫނެވެ.

މީގެ ކުރިންވެސް ބައެއް އަލާމާތްތައް ފެނިގެން މީހުން އެރަށުން ކޮވިޑަށް ޓެސްކުރެވިފައިވާކަމަށާއި، ނަމަވެސް އެމީހުން ޕޮޒިޓިވެ ނުވާކަމުގައި އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.

އެމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ އެރަށް މޮނިޓަރިންއަށް ލާފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ