ރައީސުލްޖުމްހޫރިއްޔާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިިފިއެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިނާއި ޗަައިނާ އިން އުފެއްދި ސިނޮފާމް ވެކްސިނެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ނިންމައިފައި އޮތީ ވެކްސިން ޖަހާތާ 8 ހަފްތާ ފަހުންނެވެ. އަދި ސައިނޯފާމްގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުންނެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިއަދު ޖައްސަވާފައިވާކަން ރައީސް ހާމަކުރައްވަމުން ހުރިހާ ރައްޔިތުންވެސް ކޮވިޑު ވެކްސިން ޖެހުމަށްވަނީ އެދި ވަޑައިގެންފައެވެ. އަދި ވިދާޅުވީ، ކޮވިޑް-19 ގެ ބަލި މަޑުކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ދޭން ފެށީ،  ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މި ކެމްޕެއިންގެ ދަށުން މުޅި ޖުމްލަ މިހާތަނަށް 246،896 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 3،737 މީހުންވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ