މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 125 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 3،059 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 125 ސާމްޕަލް ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 64 މީހުން، އަތޮޅުތެރޭ ރައްތަކުން 46 މީހުން، ރިސޯޓުތަކުން 14 މީހުން، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން އެކަކެވެ.
✳️ COVID-19 : Case Updates pic.twitter.com/OfGJSTEzZ0
— Health Protection Agency (@HPA_MV) April 5, 2021
މިހާތަނަށް ކޮވިޑް-19 އަށް 24،908 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 21،773 އެވެ.
މިވަގުތު 3،237 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 90 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.



