ފަލަސްތީނުގެ ރައީސް އައްބާސް ސިއްހީ ބޭނުމަށް ޖަރުމަނަށް ވަޑައިގެންފި

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ސިއްހީ ހާލަތު ދެނެގަތުމަށް ޖަރުމަނަށް މިއަދު ވަޑައިގެންފިއެވެ.

އުމުރުން 85 އަހަރުފުޅުގެ އައްބާސް ޖަރުމަނަށް ސިއްހީ ބޭނުމަށް ވަޑައިގެންފައި މިވަނީ ވަކި ހާއްސަ ސިއްހީ މައްސަލައަކާއި ގުޅިގެންކަން ފަލަސްތީނުގެ އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.

އައްބާސް ޖަރުމަނަށް ވަޑައިގެންފައިވަނީ އުރުދުން އަށް ވަޑައިގެއްނެވުމަށްފަހުއެވެ. މިގޮތުން އައްބާސް އުރުދުންނަށް ދަތުރުކުރައްވައިފައިވަނީ ހެލިކޮޕްޓަރުގައެވެ. އުރުދުންނަށް ވަޑައިގެން އައްބާސްވަނީ އުރުދުންގައި މިހާރު ހިނގައިގެން އުޅޭ ސިޔާސީ ދެބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވައި އުރުދުންގެ ރަސްގެފާނު އަބްދުﷲ އަށް ތާއީދު ކުރައްވައިފައެވެ.

ފެއްނަ ފެނުމަށް އައްބާސްގެ ކިބައިން އެއްވެސް ސިއްހީ މައްސަލައެއް ފާހަގަނުވި ނަމަވެސް މީގެކުރިންވެސް އައްބާސްވަނީ ނިއުމޯނިއާއަށް 2018 ވަނަ އަހަރު ފަރުވާހޯއްދަވައިފައެވެ. އަދި ހަމަ އެއަހަރު އެމެރިކާގެ ހޮސްޕިޓަލަކުންވެސްވަނި ފަރުވާ ހޯއްދަވައިފައެވެ.

އައްބާސް ޖަރުމަނަށް ސިއްހީ ފަރުވާއަށް ވަޑައިގެންފައި މިވަނީ، 15 އަހަރަށްފަހު ފަލަސްތީނުގައި ފުރަތަމަ ފަހަރަށް އިންތިހާބެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅުގައެވެ.

މެއި 22 ވަނަ ދުވަހު ގާނޫނުހަދާ މެންބަރުންގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސްކަމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށްދާނީ ޖިލައި31 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ