ނަތަންޔާހޫގެ ޚިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ފަށައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ އަޑުއެހުންތައް ފަށައިފިއެވެ.

އުމުރުން 71 އަހަރުގެ ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ގަބޫލު ކުރެއްވުމާއި އަމާނަތަށް ހިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުވުމުގެ ދައުވާ ހިމެނެއެވެ.

ދައުލަތުގެ ފަރާތުން ނަތަންޔާހޫއާ ދެކޮޅަށް ކުރާ ދައުވާތަކަށް އޭނާވަނީ އިންކާރުކުރައްވައިފައެވެ. އަދި އެއީ އޭނާއާމެދު ހިތްހަމަނުޖެހޭ ބަޔަކު ސިޔާސީ މަގުސަދެއްގައި ކުރާ ދައުވާތަކެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

މިދިޔަ މަހުގެ ތެރޭގައި ބޭއްވި އިސްރާއީލުގެ އާންމު އިންތިހާބުގައި ސަރުކާރެއް ގާއިމުކުރާ މިންވަރަށް ނަތަންޔާހޫގެ ޕާޓީއަށް ގާނޫނުހަދާ މަޖިލިހުން ގޮނޑި ކާމިޔާބު ނުކުރެވުމުން އިސްރާއީލުގެ ބޮޑުވަޒީރުގެ މަގާމުގައި އޭނާއަށް ދެމިހުރެވިދާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ނަތަންޔާހޫއަކީ މިހާރު އިސްރާއީލްގައި ބޮޑުވަޒީރުކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވެފައިވާ ބޭފުޅާ އެވެ. އޭނާ 1996އިން 1999އަށް ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު އަނެއްކާވެސް 2009އިން ފެށިގެން ގެންދަވަނީ ވެރިކަން ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ