ކޮވިޑް-19 އަަށް ޕޮޒިޓިވުވި މީހުންގެ އަދަދު 25،000 އިން މަތިވެއްޖެ

ކޮވިޑް-19 އަަށް ޕޮޒިޓިވުވި މީހުންގެ އަދަދު 25،000 އިން މަތިވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ މިއަދު ކޮވިޑް-19 އަށް 145 މީހުން ޕޮޒިޓިވުވެ ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދު 25،053 އަރައިފައިވާ ކަމަށެވެ.

މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 85 މީހުން، އަތޮޅުތެރޭ ރައްތަކުން 39 މީހުން، ރިސޯޓުތަކުން 19 މީހުން، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން ދެމީހުންނެވެ.

ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު 21،898 އަރައިފައިވާއިރު މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވުވެ ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 3،079 އެވެ. މީގެތެރެއިން 73 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ