"ފްލެޓްތަކުގެ ޑައުންޕޭމަންޓް ދެއްކުން މަޖުބޫރެއްނޫން"

ސަރުކާރުގެ ބޯހިޔަވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކާވެސް ވަދެވޭނެ ކަމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނުސްވެރިންނާއި ބައްދަލުކޮށް ވާހަކަ ފުޅު ދައްކަވަމުންނެވެ.

އެގޮތުން އަސްލަމް ވިދާޅުވީ ޑައުންޕޭވްމަންޓް ނުދައްކާވެސް ހިޔާ މަޝްރޫގެ ފްލެޓްތައް ލިބޭނެ ކަމަށާއި، ޑައުންޕޭވްމަންޓްއާ ނުލައި ފްލެޓް ނަގާނަމަ 7،500 ރުފިޔާ ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަންޖެހޭނެކަމަށެވެ. އަދި ޑައުންޕޭމަންޓް ދައްކާ ފަރާތްތަކަށް މިއަދަދު ކުޑަވެގެން ދާނެކަމުގައި މިނިސްޓްރ ވަނީ ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުމަށް ހަމަޖެހިފައި ވަނީ 25 އަހަރު ދުވަހަށް ބަހާލައިގެންނެވެ. ކުލި ކަނޑައެޅިގެންދާނީ އެފަރާތަކުން ޑައުންޕޭމަންޓްގެ ގޮތުގައި ދައްކާ ފައިސާގެ އަދަދަށް ބަލައިގެންނެވެ.

ހިޔާ މަޝްރޫގެ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެކެވެ. ރައީސް ޔާމިންގެ ސަރުކާރުން މި ފްލެޓްތައް ލިބުނު ފަރާތްތަށް ކަނޑައެޅިއިރު، އެފަރާތްތަކަށް ޕޮއިންތް ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ގެންގުޅެފައިވާކަމަށް ބުނެ މިހާރުގެ ސަރުކާރުން ވަނީ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އަލުން ޕޮއިންޓް ދީ އެ ލިސްޓް އަލުން އިސްލާޙު ކޮށްފައެވެ.

މިގެ އިތުރުން ފްލެޓްތަކަށް ދައްކަން ކުލީގެ ގޮތުގައި ޖެހޭ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްދީފައި ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އަސްލަމް ވިދާޅުވި ގޮތުގައި ފްލެޓްތަކަށް އަސްލު ދައްކަން ޖެހެ އަދަދު 11،000 ރުފިޔާއަށް އަރާނެއެވެ.

މި ފްލެތްތަކުގެ ގުރުއަލުން މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ކުރިޔަށް ދާނީ ޚާއްސަ އެހީއަށް ބެނުންވާ މީހުންގެ ކެޓަގަރީގެ ފްލެޓްތަކުގެ ގުރުލުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ