ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމަށް، ޕެންޝަން ފަންޑްގެ ފައިސާ ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތައް ރައްޔިތުން ކުރަންޖެހޭ ހަރަދަށް ލުޔެއް ދެއްވުމުގެ ގޮތުން، ރައްޔިތުންގެ ޕެންޝަން ފަންޑްގެ ފައިސާ އެކަމަށް ބޭނުންކުރުމުގެ އިހުތިޔާރު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
Hiyaa flat thakuge finishing ah rayyithun kuranjehey kharadhah luyeh dhevvumuge gothun, e rayyithegge pension fund ge faisaa ekamah beynunkurumuge ikhthiyaaru e rayyithakah libeyne goi hahdhavai dhevvumakee muhimmu kameh kamugai dheken. @PensionOffice @hdcmaldives
— Dr Mohamed Muizzu (@MMuizzu) May 26, 2021
މިކަމަށް ރައްދު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސަ ވިދާޅުވެފައިވަނީ، ޕެންޝަންފަންޑުގަ ފައިސާ ނެތް ކިތަންމެބަޔަކަށްވެސް ފްލެޓް ލިބިފައި ހުރެދާނެ ކަމަށާއި އެހެންކަމުން މާލީ ތަނަވަސްކަމެއްނެތިއްޔާ އެފަދަ ފަރާތްތަކަށްވެސް ގޮތެއް ހޯދައިދޭން ޖެހޭނެކަމަށެވެ.
"އެއްމެރަނގޅުގޮތަކީ ސިޓީ ކައުންސިލަށް ޤާނޫނީ ބަރުއޮތްނަމަ ލޯނުނަގާފަ ދެއްވުން. ޕެންޝަން ފަންޑަށް ބަދަލު ގެނެވެނީ ޤާނޫނަުން." ރީކޯ މޫސަ ވިދާޅުވިއެވެ.
ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ ފްލެޓްތައް ދޭން ނިންމާފައިވަނީ ފާހާނާ އާއި ކޮޓަރިތަކުގައި ދޮރުފަތް ހަރުނުކޮށެވެ. ސިޓިންރޫމާއި ކޮޓަރިތަކުގައި ތަށިމުށި ވެސް ނުޖަހާއިރު ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް އަމިއްލައަށެވެ.



