ހުއްދަ ނުހޯދައި އެމެރިކާގެ މަނަވަރެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ

ހުއްދަ ހޯދުމަކާ ނުލައި އެމެރިކާގެ މަނަވަރެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެއެވެ.

އެމެރިކާގެ މި މަނަވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާކަން އެ މަނަވަރުން ނެރުނު ވަނީ ކަށަވަރު ކޮށްދީފައެވެ. އެގޮތުން އެ މަނަވަރުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް (ޑީޑީޖީ-53) ކުރިން ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ވަދެ މައުސޫމް ދަތުރެއްކޮށް، އާންމު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެން ޤައުމެއްގެ ހަނގުރާމަ މަތީ އުޅަނދެއް ހުއްދަ ހޯދުމަކާ ނުލައި ވަނުމަކީ ރާއްޖޭގެ ޤާނޫނުގައި މަނާކަމެކެވެ.

އެމެރިކާގެ މަނަވަރުން ނެރެފައިވާ ބަޔާނުގައިވެސް ވަނީ އެކަން ބަޔާން ކޮށްފައެވެ. ނަމަވެސް އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގެ ތެރެއަށް ކުރިން ހުއްދަ ނުހޯދައި ބޭރުގެ އެއްވެސް އުޅަނދެއް ނުވަދެވޭނެކަމަށާއި، އަދި ރާއްޖޭގެ ބޭރު ކަނޑުގެ ސަރަހައްދަށްވެސް އެހެން ގައުމެއްގެ ހަނގުރާމަ މަތީ އުޅަނދެއް ކުރިން ހުއްދަ ނުހޯދައި ނުވަދެވޭނެކަމަށެވެ.

ނަމަވެސް އެމެރިކާގެ މި މަނަވަރުން ވިދާޅުވެފައި ވަނީ އެ މަނަވަރު ރާއްޖެގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް ވަދެފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ފުށުއަރާ ގޮތަށް ނޫންކަމަށެވެ.

މި މަނަވަރު ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގެ ތެރެއަށް މިދިޔަ ބުދަ ދުވަހު ހުއްދަ ހޯދުމަކާނުލައި ވަދެފައިވާއިރު، އިންޑިއާގެ ސަރަހައްދަށްވެސް މި މަނަވަރު ވަނީ ހުއްދަ ނުހޯދައި ވަދެފައެވެ.

މިލިޔުން ކިޔާލުމުން
1211213
ގުޅުންހުރި ލިޔުންތައް

3 Responses

  1. ބޯ ހަލާކު

    ނޫސް ވެރިންނޭ ކިޔާފަ މި ތިބެނީ ބީތާއިން

  2. Ali

    Mimanavaeun vidhaalhu vee ey. Boa halaaku. Kusheh kurivaahaka bunaairuves vidhaalhuvee

  3. ބުސްތާނު

    އެމެރިކަަ ކީއްކުރަން ދުނިއޭގެ ކަޑުގެ ސަރަހައްދުގަ ދަތުރު ކުރުމުގެ ބޮޑުސިންގާ ގާނޫނެއް އޮވޭ މިއުޅޭ ނޫސްވެރިންނޭ ކިއައިގެން މިރާއްޖޭގަ އުޅޭ ބީތާއިންނަށް ނޭގުނަސް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ