މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އެކަކުގެ ނަމުގައި ތަކުރާރުކޮށް މީހުން ވޯޓްލާފައިވާކަމަށް އިދިކޮޅުން ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިހެން ވިދާޅުވެފައި ވަނީ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއަޅާ، ޤާނޫނާ ޚިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމަށް ހިންގާ ޢަމަލުތައް ހުއްޓާލުމަށާއި، މި މައްސަލަތައް ތަޙްޤީޤު ކުރުމަށް ގޮވާލާ އެކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައެވެ.
އެގޮތުން އިދިކޮޅުން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ވޯޓުލާމީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމުގައި ޤާއިމުކޮށްފައިވާ އުޞޫލުތައް ފޫދުއްވާލާ އެކި މީހުންގެ ނަމުގައި ނޭނގި ވޯޓުލުމާ އެކެއްގެ ނަމުގައި ތަކުރާރުކޮށް ވޯޓުލަމުންދާކަމުގެ ހެކި އެބެފުޅުންނަށް ލިބެމުންދާކަމަށެވެ.
މީގެ އިތުރުން މާލޭގެ މޭޔަރުކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވަވާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އެކި ވޯޓުފޮށިތަކުގެ ގާތުގައި ތިބުމަށް ޢައްޔަނުކޮށްފައިވާ އޮބްޒާވަރުންނަށް އޮބްޒާވްކުރުމުގެ ޙައްޤު ގެއްލުވާލައި ވޯޓުލުން ކުރިއަށްދާގޮތް މޮނިޓަރކުރުމަށް ދަތިކޮށް ވޯޓުގެ ޞައްޙަކަމާ އިތުބާރު ގެއްލޭނެ ޢަމަލުތައް ހިންގަމުންދާކަމުގެ ޝަކުވާ އޮބްޒާވަރުންގެ ފަރާތުން ލިބެމުންދާކަމުގައިވެސް އެކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.
އިދިކޮޅުން ވިދާޅުވީ ވޯޓު ގަޑުބަޑުކޮށް ވޯޓު އޮޅުވާލާ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަށް މަގުފަހިވާގޮތަށް ހިންގަމުން މިދާ ޢަމަލުތައް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޓީމުގެ ފަރާތުން ކުށްވެރިކުރާކަމަށާއި އަދި މި ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލައި، އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވަކިން ޚާއްޞަކޮށް އިލެކްޝަންސް ކޮމިޝަނަށާއި، އެ ކޮމިޝަންގެ ރައީސަށް ގޮވާލާކަމަށެވެ.
އިދިކޮޅުން ވަނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއާއި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ފަރާތްތައް މިއަދުވެސް ކެމްޕެއިން ކުރައްވަމުން ދާކަމުގައި ވިދާޅުވެފައެވެ.





2 Responses
Kihi ne ehen levey nee rajistry ga faa haga jahaa ne eh nu. eke ge namuga 3faa haga jahany baa . adurey hama jehey vaa haka eh dakka bala. ma ves MDP aa dhe kolhu ekamu dhakkan vaa nee gaboolu kure vey zaathu ge vaa haka
ކޮރަކަލި
ކޮންމެ ބަޔަކު ކަމުގައި ވިޔަސް ފިތުނަފަސާދަ އުފެއްދުމުގެ ބަދަލުގައި ރައްޔިތުން ގަބޫލުކުރާ އޮތް ޓަރުހުވާހަކަ ދެއްކުން ރަގަނޅު