ތ. ކިނބިދޫ | ފޮޓޯ: ސައުދު

4 މީހަކު ޕޮޒިޓިވްވެ ކިނބިދޫއަށް އަރާފޭބުން މަނާކޮށްފި

4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ތ. ކނބިދޫއަށް އަރާފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

އެޗްޕީއޭ އިން ވިދާޅުވެފައިވަނީ ކިނބިދޫއިން 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެރަށް މޮނިޓަރިންއަށް ލާފައިވާކަމަށެވެ.

ކިނބިދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައި މިވަނީ ބަލީގެ އަލާމާތްތައް ހުރެގެން ނެގި ތިން ސާމްޕަލަކާއި، އަދި ވޭމަންޑޫއިން އެރަށަށް ދަތުރު ކުރި މީހެއްގެ ސާމްޕަލެވެ.

މީގެ ދެ ދުވަސް ކުރިން ވަނީ ވޭމަންޑޫއިން ޑޮކްޓަރަށް ދައްކަން މާލެ ފޮނުވި ދެ ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް މި ނޫހަށް ވިދާޅުވި ގޮތުގައި އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ، ދޮޅުމަސް ދުވަހަށްވުރެ ގިނަދުވަސް ވަންދެން ރަށުން ބޭރަށް ގޮސްފައިނުވާ ޒުވާނެއްކަމަށާއި އޭނާއަކީ ބައްޔަކަށް ބޭސްކުރަމުންދާ މީހެއްކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 25،524 އަށް ވުރެ ގިނަ މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 22،429 މީހަކު މި ބަލިން ރަނގަޅު ވެފައި ވައިރު،67 މީހަކު މި ބަލީގައި ނިޔާވެފައިވެއެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 3،019 މީހެކެވެ. އޭގެ ތެރެއިން 78 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައިވެސް ވަނީ ކޮވިޑް-19 ފެތުރިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ