ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 93 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،516 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 93 ކަމަށެވެ.
މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 50 މީހުން، އަތޮޅުތެރޭ ރައްތަކުން 21 މީހުން، އަދި ރިސޯޓުތަކުން 22 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/xFsgKEO5FN
— Health Protection Agency (@HPA_MV) April 11, 2021
މިހާތަނަށް ކޮވިޑް-19 އަށް 25،617 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 22،551 އެވެ.
މިވަގުތު 2،990 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 72 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.



