ކަންގްނާ އާއި ތާޕްސީގެ ކޯޅުން ނިމުމަކަށް!؟

ބޮލީވުޑްގެ ނުފޫޒުގަދަ އަންހެން ބަތަލާ ކަންގްނާ ރަނައިތު އަކީ އަބަދުވެސް ބޮލީވުޑްގެ ތަރިންނަށާއި ޕްރޮޑިއުސަރުންނާއި ޖައްސާލައިގެން އުޅޭ ތަރިއެކެވެ. އެގޮތުން މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތުގެ މަރަށްފަހު، ކަންގްނާގެ އަޑުގަދަވެ ޕްރޮޑިއުސަރުންނަށާއި އެކްޓަރުންނާއި ދިމާލަށް ތަފާތު އެއްޗެހި ގޮވާފައިވެއެވެ.

އޭގެތެރެއިން އެކަކީ، ބަތަލާ ތާޕްސީއެވެ. ކަންގްނާއާއި ތާޕްސީ އާއި ދެމެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ހިނގައިފައެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކުން މި ދެތަރިން ސުލްހަވެރިވީ ކަމަށް ބެލެވެއެވެ.

އެގޮތުން، ދާދިފަހުން ބޭއްވި ފިލްމުފެއާ އެވޯޑުގައި، ފިލްމް "ތައްޕަޅު" އިން އެންމެ މޮޅު ބަތަލާގެ އެވޯޑު ތާޕްސީ ގެންދިއުމާއެކު، ކަންގްނާ ވަނީ އޭނާއަށް މަރުޙަބާ ކިޔައިފައެވެ. މި ކެޓެގަރީން ކަންގްނާ ވެސް ވަނީ ނޮމިނޭޓް ވެފައެވެ.

ކަންގްނާ ތާޕްސީއަށް މަރުޙަބާ ކިޔައިފައިވަނީ، މި އެވޯޑު ތާޕްސީއަށް ލިބުނު ރޭ، ތާޕްސީ ކަންގްނާއަށް ޝުކުރު އަދާކުރުމުންނެވެ. އެގޮތުން ތާޕްސީ ދިން ސްޕީޗުގައި އޭނާ ބުނީ، ހުރަސްތައް ގިރާކޮށް، އަހަރަކަށްވުރެ އަހަރެއް ކަންގްނާގެ ފެންވަރު މަތިކުރާތީވެ ޝުކުރު އަދާކުރާކަމަށެވެ.

މިޔަށް ރައްދުދީ ކަންގްނާ ކުރި ޓްވީޓެއްގައި ބުނީ، އެ އެވޯޑަކީ ތާޕްސީއަށް ހައްގު އެއްޗެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ