ރަމަޟާންމަހު މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައަޅައިފި

ރަމަޟާންމަހު މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅައިފިއެވެ.

މި ގަޑިތައް ކަނޑައަޅައި އެ އޮތޯރެޓީއިން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، މި އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތެއްގެ ނިޔަލަށް މިގަޑިތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ގެ ނިޔަލަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިވަނީއެވެ.

  • ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ރޭގަނޑު 9:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލުން.
  • ނަމަވެސް ހެނދުނު 9:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، 350kg އަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި އުފުލުން.
  • ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެކެވެ.
  • ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމާއި އަދި މިވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ.

މިއެންގުމާއި ޚިލާފްވާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނުގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ