ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގެ ފެން މޫދަށް ދޫކުރުމުގެ ހުއްދަ ދީފި

ޖަޕާނުގެ ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގައި ހުރެ ތަޣައްޔަރުުވެފައިވާ ފެން މޫދަށް ދޫކުރުމުގެ ހުއްދަ ޖަޕާން ސަރުކާރުން ދީފިއެވެ.

ޖަޕާން ސަރުކާރުން މިފެން މޫދަށް ދޫކުރުމުގެ ހުއްދަ ދީފައިވަނީ އެ ފެނުގައިވާ ރޭޑިއޭޝަން ލެވެލް ދައްކުރުމަށްފަހުއެވެ. މިގޮތުން އެއްމިލިއަން ޓަނައްވުރެ ގިނަ ފެން މޫދަށް ދޫކުރެވިގެން ދާނެއެވެ.

ޖަޕާނުގެ މި ނިންމުމާއި އެގައުމުގެ މަސްވެރިކަމުގެ ސިނާއަތުންނާއި، ޗައިނާ، އަދި ދެކުނު ކޮރެއާއިން އައްނަނީ ދެކޮޅު ހަދަމުންނެވެ.

ފުކުޝީމާ ނިއުކްލިއާ ޕްލާންޓަކީ 2011 ވަނަ އަހަރު ޖަޕާން ކައިރިއަށް އައި ބިންހެލުމަކާ ގުޅިގެން ސުނާމީ އެރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވި ކާރުހާނާއެކެވެ. އެ ހާދިސާގައި އެ ކާރުހާނާގެ ތިން ނިއުކްލިއާ ރިއެކްޓަރު ގޮވާ، ރޭޑިއޭޝަން ބޭރުވިއެވެ.

ކާރުހާނާގެ ރިއެކްޓަރުތައް ފިނި ކުރަން ބޭނުން ކުރާ ފެނާ އެއްވާ ވާރޭ ފެނާއި ބިމުއަޑީގެ ފެން ތަޣައްޔަރުވުމުން އެ ފެން ރައްކާ ކުރަމަށް ބޭނުންކުރާ ޓޭންކްތައް ކުރިއަށް އޮތް ދެ އަހަރު ތެރޭ ފުރޭނެ ކަމަށް އެ ކާރުހާނާ ހިންގާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ (ޓެޕްކޯ) ކުންފުނިން ބުނެއެވެ.

މައުލޫމާތި ލިބޭގޮތުގައި މިހާރުވެސް 1.3 މިލިއަން ތަނުގެ ތަޣައްޔަރުުވެފައިވާ ފެން ޓޭންކުތަކުގައި ރައްކާކޮށްފައި އެބަހުއްޓެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ