ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 58 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 2،645 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 58 ކަމަށެވެ.
އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 36 މީހުން، އަތޮޅުތެރޭ ރަށްތަކުން 11 މީހުން، އަދި ރިސޯޓުތަކުން 11 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/VOESBcTA6U
— Health Protection Agency (@HPA_MV) April 13, 2021
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 25،759 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 22،981 އެވެ.
މިވަގުތު 2،702 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 62 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 67 މީހަކުވަނީ ނިޔާވެފައެވެ.



