ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ 02 (ދޭއް) އޭޖެންޓުންނެވެ. އެގޮތުން އެޖެންޓުން ނަގަން މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅަށެވެ.
އެސްޓޯއިން ބުނީ، އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށް ކަމަށާއި، އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން 02 (ދޭއް) އަތޮޅަކަށް ކަމަށެވެ.
މިކަމަށް ޝައުޤުވެރިވެލެއްވާ ފަރާތްތަކުން، 2021 އޭޕްރީލް 18 ވަނަ ދުވަހު 1400 ގެ ކުރިން "[email protected]" އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާއިރު، އެޖެންޓަކަށް ވުމަށް އެދިލައްވާ އަތޮޅު ހިމަނައި އަދި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުމަަށްވެސް އެސްޓީއޯއިންވަނީ އެދިފައެވެ.
އަދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ، 2021 އޭޕްރީލް 19 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށްކަމަށާއި، ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑި އަކީ، 2021 އޭޕްރިލް 25 ވަނަ ދުވަހުގެ 1400 ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ބީލަން ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އީމެއިލް އެޑްރެސްއަށެވެ.
މީގެއިތުރުން މި ބީލަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ރަސްމީ ބަންދު ނޫން ގަޑީގައި، 3012699, 3012514 3344374 ނަންބަރުތަކަށް ގުޅުއްވައި ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ކޮންސްޓްރަކްޝަން މެޓީރިއަލްސް ގެ ގޮތުގައި އެޖެންޓުން ވިއްކުމަށް ހަމަޖެހިފައިވާ ބާވަތްތައް:
- ސިމެންތި
- ރާޅުވެލި
- ހިލަ
- ރިންގު ދަނގަޑު 6 އެމްއެމް
- ދަނގަޑު 10 އެމްއެމް
- ދަނގަޑު 12 އެމްއެމް
- ދަނގަޑު 16 އެމްއެމް
- ބަންނަ ނަރު
- ދަނގަޑުހޮޅި ½ އިންޗި
- ދަނގަޑުހޮޅި 1 އިންޗި
- ދަނގަޑުހޮޅި ½ 1 އިންޗި
- ބިޑި
- ޖިޕްސަން ބޯޑް
- ޕްލައިވުޑް 3.6 އެމްއެމް (ޗައިނާ)
- ޕްލައިވުޑް 5.2 އެމްއެމް (ޗައިނާ)
- ޕްލައިވުޑް 9 އެމްއެމް (ޗައިނާ)
- ޕްލައިވުޑް 12 އެމްއެމް (ޗައިނާ)
- ޕްލައިވުޑް 3.6 އެމްއެމް (މެލޭޝިޔާ)
- ޕްލައިވުޑް 5.2 އެމްއެމް (މެލޭޝިޔާ)
- ޕްލައިވުޑް 9 އެމްއެމް (މެލޭޝިޔާ)
- ޕްލައިވުޑް 12 އެމްއެމް (މެލޭޝިޔާ)
- ތައްގަނޑުފިލާ 12 އެމްއެމް (ކަޅުފިލާ)
- މަގު ފުޅާ ޓިނު (ކަލަރބޮންޑް)
- މަގު ފުޅާ ޓިނު (ޑިޔުރަޑެކް)
- މަގު ފުޅާ ޓިނު (ޒިންކްއެލްމިނިޔަމް)
- އާދައިގެ ޓިނު
- ޓިނާއި ގުޅޭ ބާވަތްތައް
(ފެންފަށް، ތިނބި، ދިޔަދޮވި، ދިޔަދޮވިކޮޅު، ފެންބޭލި، ޓިނު އިސްކުރު، ދިޔަދޮވި ފަތި، ދިޔަދޮވި ބުޅި)