ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތުގެ ނާޖައިޒް ފައިދާ ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުންދާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން މިހެން ބުނީ އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މި ނޫސްބަޔާނުގައި ބުނެފައިވަނީ، މިމަހުގެ 12 އަދި 13 ވަނަ ދުވަހުން ފެށިގެން ފުރަމާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް ވެމްކޯއަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިދެންނެވުނު ކުންޏަކީ، ވެމްކޯއިން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ، ބަރު އަދި ބޮޑެތިކުނިކަންވެސްވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.
"މިކޯޕަރޭޝަނުން ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ، މިސަރަހައްދުގައި މިވަގުތު އޮތް ކޯވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް އާއި ގުޅިގެން، ޚިދުމަތް ހޯއްދަވާ އެންމެހާ ފަރުދުންގެ ރައްކާތެރިކަމަށް ބެލުމަށްފަހުގައެވެ. ކަންމިހެންހުރުމާއި އެކުވެސް، މިދެންނެވުނު ޚާއްސަ އުސޫލުގެ ނާޖައިޒް ފައިދާ ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުންދާކަން މިކޯޕަރޭޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ އަމަލަކީ މިކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ، އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ." ވެމްކޯގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.\
ވެމްކޯއިން އިތުރަށް ބުނީ، ކުރިޔަށްދާ ބަރަކާތްތެރި ރަމަޟާންމަހަކީ އެހެން މަސްތަކާއި ހިލާފަށް ކުނި ގިނަވާ ދުވަސްވަރެއްކަމުން، މިމުއްދަތުގައި ގޭބިސީތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ރާވާލެވިފައިވާނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ރޭގަނޑުގެ 20:00 އިން 23:00 އާއި ދެމެދުކަމަށެވެ.




ހިޔާލު
Kaleymen nagaa faidhaa maa bodu covid ge fahun mathin baalaa kunin adhives naganee 150 rufiya amilla ah thiriyah gendhaathaa aharah vure ginavee mi Ramadan mahu male heevanee gondeh hen