"އޭކް ވިލަން" ދެވަނަ ބައިގެ ޝޫޓިން ކުރިއަށް ދަނީ!

ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލް "އޭކް ވިލަން ރިޓާންސް"ގެ ޝޫޓިން ފަށައިގެން ކުރިއަށް އެބަދެއެވެ.

ފިލްމްގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން އެއްކޮށް ނިއްމާލުމަށްފަހު، މި ފިލްމްގެ ޓީމުން މިހާރު އަންނަނީ ދެވަނަ ޝެޑިއުލްގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.

ފުރތަމަ ޝެޑިއުލްގެ ޝޫޓިން މުމްބާއިގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދިޔައިރު، ދެވަނަ ޝެޑިއުލްގެ ޝޫޓިން ކުރިއަށް ދާނީ "ގޯއާ" ގައެވެ. އަދި ޝޫޓިން ކުރިއަށް ދާނީ ކޮވިޑް-19 އަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށެވެ. ގޯއާ އަކީ، މޯހިތްގެ ކުރީގެ ފިލްމްތައް ކަމުގައިވާ، "އޭކް ވިލަން"،"މަލަންގް" އަދި "އާޝިގީ 2"ގެ މަންޒަރުތަަށްވެސް ނަގައިފައިވާ މަންޒިލެކެވެ.

ފިލްމުގެ ދެވަނަ ބައިގެ ލީޑު ރޯލުން ފެނިގެންދާ ތަރިންނަކީ ދިޝާ ޕާޓްނީ، އަރުޖުން ކަޕޫރު، ތާރާ ސުތައިރާ އަދި ޖޯން އަބްރަހަމް އެވެ.

މި ފިލްމް މިހާރު ރިލީޒްކުރުމަށް ހަމެޖެހިފައި އޮތީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 11 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ