ނޯރާ އާއެކު މަދޫރީވެސް "ދިލްބަރް" ލަވައަށް ނަށައިފި!

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް އަކީ އެކްޓިންގެ އިތުރުން އޭނަގެ ނެށުމުގެ ހުނަރުގެ ސަބަބުން އޭރުވެސް އަދި މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދަމުން އަންނަ ތަރިއެކެވެ. މަދޫރީގެ އިތުރުން، މިހާރު ބޮލީވުޑްގައި އެންމެ މޮޅަށް ނަށުމުގެ ހުނަރު ހުރި އެއް ތަރިއަކީ ނޯރާ ފަޓޭހީއެވެ.

މި ދެ ހުނަރުވެރި ތަރިން މިވަނީ އެކުގައި ލަވައަކަށް ނަށައިވެސްފައެވެ. އެގޮތުން އާންމުންގެ މެދުގައި ނޯރާ މަޝްހޫރުކަން ހޯދި ލަވަ، "ދިލްބަރް"ގެ ފަހުގެ ވާޝަންގެ ލަވައަށް ނޯރާއާއެކު މަދޫރީ ނަށާ ވީޑިއޯއެއް މިހާރު ވަނީ ފޭނުންގެ މެދުގައި ވައިރަލްވެފައެވެ.

މި ތަރިން މި ލަވައަށް ނަށައިފައި މިވަނީ، "ޑާންސް ދީވާނޭ" ސީޒަން 3 ގެ އެޕިސޯޑެއްގައެވެ. މި ޝޯއަކީ މަދޫރީ ޖަޖުކަން ކުރަމުން އަންނަ ޝޯއެކެވެ.

ނޯރާގެ ފަރި ހަރަކާތް ފެނިގެންދިޔަ "ދިލްބަރް" ލަވައަކީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ލަވައެކެވެ. މި ލަވައިގެ ނެށުމުގެ ހަރަކާތަކަށް ބޮލީވުޑްގެ މޮޅު ދެ ނެށުންތެރިން ކަމުގައި ދެކޭ ނޯރާ އާއި މަދޫރީ އެކުގައި ނެށުމުން ފޭނުން އަންނަނީ މީސްމީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ