ސީޕީ ހަމީދު | ފޮޓޯ: މިހާރު

ސީޕީ ހަމީދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސީފީ ހަމީދު ކޮވިޑަށް ޕޮޒިޓިވްވެ މިވަގުތު ހުންނެވީ ހޯމް އައިސޮލޭޝަންގައެެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން މިވަގުތު ހުންނެވީ އައިސޮލޭޝަންގައި ކަމަށާއި، މީޓިިންތަކުގައިވެސް ބައިވެރިވަމުންދަނީ އޮންލައިންކޮށް ކަމަށެއެވެ.

މިގޮތުން މިއަދު ކުރިއަށް ދިޔަ ޕޮލިސް ބޯޑު މީޓިންގައިވެސް ސީޕީ ހަމީދު ބައިވެރިވެފައިވަނީ ގޭގައި ހުންނަވައިގެން އޮންލައިންކޮށެއެވެ.

މީގެ ކުރިން ފުލުހުންގެ ތެރެއިންވެސް ގިނަ ކޭސްތަކެއް ފެނިގެން ގޮސްފައިވާއިރު، ސީޕީ ހަމީދު ޕޮޒިޓިވްވެފައިވަނީ ކިހިނެތް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ