ޖާބިރު ރައީސް ނަޝީދަށް އިންޒާރު ދީފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އަބްދުﷲ ދީދީ އާއި މެދު ކަންތައް ކުރައްވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް އިންޒާރު ދޭ އޯޑިއޯއެއް ލީކްވެއްޖެއެވެ.

މި އޯޑިއޯގައި ޖާބިރު ވަނީ ރައީސް ނަޝީދުގެ މައްޗަށް ވަރަށް ގިނަ ތުހުމަތުތަކެއްކޮށްފައެވެ.

ރިޝްވަތުގެ ތުހުމަތު ކުރަށްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ ރިޝްވަތު ނަންގަވާ ބޭފުޅެއް ކަަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މި އޯޑިއޯގައި ވަނީ ވިދާޅުވެފައެވެ.

މި އޯޑިއޯގައި ޖަބީރު ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު އެމަނިކުފާނުގެ އާރާއި ބާރު ބޭނުންކޮށްގެން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށްފައިވާ ކަމަށާއި، އަދި މަޖިލީހުގެ ރައީސްއަކަށް ހުންނަވައިގެން ޒާތީ ގޮތުން ކަންތައްތައް ކުރައްވަމުންގެންދަވާ ތުހުމަތު ކުރެވޭ ގޮތަށް އަމަލު ކުރަމުން ދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ތިނަދޫއިން މީހުން ބޭލި މައްސަލަ އާއި ދައުލަތުން ތިނަދޫއަށް ދިން ގެއްލުމުގެ މައްސަލަ ފުރަތަމަ ރައްޔިތުންގެ މަޖިލީސް އިން ނުބެލޭނެ ގޮތަކަށް ރައްޔިތުންގެ މަޖިލީސް ދެނެއް ކުރިއަކަށް ނުގެންދެވޭނެ. ހިނގާ ރަނގަޅަށް ކުޅެލަމާ ރައީސް ނަޝީދު، ރައީސް ނަޝީދުއަކީވެސް ހަމަ ރައްޔިތުންގެ މަޖިލީހަށް ހޮވިފައި ތި މަގާމަށް އަޅުގަނޑުގެ ތާއިދާއެކު ގެނައި މީހެއް". ލީކްވި އެ އޯޑިއޯގައި ޖާބިރު ވިދާޅުއެވެ.

ޖާބިރު ވިދާޅުވީ، ސިޔާސީ ޕާޓިތަކުގެ ވެރިންނާއި، ރައީސް ނަޝީދުއަކީވެސް ރިޝްވަތު ނަގާ މީހެއް ކަމަށް، ނަޝީދުއަށްވެސް އެނގިވަަޑައިގަންނަވާނެ ކަމަށެވެ. އަދި އިތުރަށް އެ އޯޑީއޯގައި ޖާބިރު ވަނީ ފައިސާގެ ގިނަ މުއާމަލާތްތަކުގެ ވާހަކަދައްކާފައެވެ. އަދި ރައީސް ނަޝީދުއަކީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއްކަމަށް ކުރިން ނޭގޭ ކަމަށްވެސް ޖާބިރު އެ އޯޑިއޯގައި ވިދާޅުވެއެވެ.

ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީސްއިން ފުރަތަމަ ބަލަންވީ ތިނަދޫއަށް ކުރި ގެއްލުމުގެ ކަންކަން ކަމަށެވެ.

އިތުރަށް ޖާބިރު ވިދާޅުވީ، ރައީސް ނަޝީދު ހިތްޕުޅާ ނުވާ މީހަކު ކަނޑާލާ ކަންކަން ކުރަމުން ދާއިރު، ދީދީގެ މައްސަލަ ބަލާ ކަމުގައިވަނީނަމަ ދައުލަތުގެ ވަރަށް ބައިވަރު މީހުންގެ މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.

"ރައީސް ނަޝީދޫ ދަންނަވަންތޯ ވާހަކައެއް. މަނިކުފާނު ހިތްޕުޅާ ނުވާ މީހަކު ކަނޑާލާ. (ސާފެއް ނޫން) ނިލަންދޫ ދީދީ .. ހިމާރުލް ޤައުމު މިބުނަނީ.. ފުރަތަމަ ކަމަކީ ސިއްކަ އަކީ ވަގެއް. ތިޔަބޭފުޅުންގެ ސަރުކާރުގައި ވައްކަން ކޮށްފައިތިބީ. އަޅުގަނޑު މިދަންނަވަނީ ނޫންތޯ! ރައީސް ނަޝީދު ހިނގާ ތަންކޮޅެއް މައިތިރިކޮށް އޮޕަރޭޓް ކުރަން. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަކީ މަނިކުފާނުގެ އަޢުލާދު މީހެއް. ތަންކޮޅެއް ރީތިކޮށް ކަންތައް ކުރަމާ ހިނގާ.އަމުރު ވާރުތަ ތިކުރަނީ، އެއްގޮތަކަށްވެސް ތިގޮތަށް ކަންތައްކޮށްގެން ނުވާނެ. ދީދީގެ މައްސަލަ ބަލަންޔާމު، ރައީސް ނަޝީދަށް އެނގޭނެ ބަލަން ޖެހޭ ބައިވަރު މައްސަލަތައް ހުންނާނެކަން ދައުލަތުގަ. ހުވަދު އަތޮޅުގެ މެންބަރެއް ނޫން އަޅުގަނޑަކީ، އަޅުގަނޑަކީ ހުވަދޫ މީހެއްކަން މަނިކުފާނަށް ސާފުވާނެ. " ޖާބިރު ވިދާޅުވެއެވެ.

"ސާފްކޮށް ރައީސް ނަޝީދުއަށް އެނގިވަޑައިގަންނަވާނެ ސާފްކޮށް މިއަދުން ރައީސް ނަޝީދު ކުޅޭ ގޭމްގައި، ރައީސް ނަޝީދު އާއި ރައީސް ނަޝީދުގެ ކޮއްކޯފުޅާއި، ރައީސް ނަޝީދުގެ ފްރެންޑައި... އެ ވިޔަފާރިތައް ދެން ނުހިނގާނެ. ސީދާ އަޅުގަނޑު މި އަންގަނީ ރައީސް ނަޝީދު އަންޑާސްޓޭންޑްވެގެން އޮޕަރޭޓް ކުރައްޗޭ މީގެ ފަހުން". ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އޭނާ ރައީސް ނަޝީދުއަށް ދަރާފައި ނޯންނާނެ ކަމަށެވެ. އަދި ނަޝީދުގެ އެހީތެރިކަމެއް އޭނާ މީގެ ފަހުން ބޭނުން ނުވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ނަޝީދުއަށް އިންޒާރުދީ މިފަދަ ގޮތަކަށް ވާހަކަދައްކާފައިވާއިރު، 2015 ވަނަ އަހަރު ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމެވި އެ ނިންމެވުމަކީ ސްޕްރީމް ކޯޓު އެއިރު ނަޝީދުއަށް ޙުކުމް އިއްވުމުގައި ދީދީ ބައިވެރިވެ ވަޑައިގެންފައިވާތީ ދިން "ބަދަލު ހިފުމުގެ ހަމަލާއެއް" ގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
5

ހިޔާލު

  1. ޖަޑިބު

    ރައީސްނަސީދު އަކީމަކަރާހީލަތުން ރއްޖޭގެ ރައްޔަތުންނައް މާހެޔޮމީހަކައް ހެދިގެންއުޅޭ ވަރައް ނުލަފާ މީހެއް ދިވެހިރާއްޖެ މިވަނީ ދުވަހަކު މިރާއްޖެ ނުދެކޭފދަ ދަށު ދަރަޖައަކައް ވައްޓާލާފައި ޖަންގަލީގެ އުސޫލް މިރާއްޖޭގައި ދަނީ ފަތުރަމުން ތިމާނޫން މީހަކައް މިރާއްޖޭގައި އެއްވެސް ކަމެއް އެނގޭކަމަކައް ނުވޭ މުޅި އޮޑީގައި ހަސަނުގެ ދެފައި

  2. Nazim

    Uplod the audio

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް