ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ވަގުތު

ގެސްޓްހައުސްއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެސްޓްހައުސްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު މިއަދު މެންދުރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ގެސްޓުހައުސްއެއްގައި މިއަދު މެންދުރު 12:18 ހާއިރު މީހަކު އަނގައިން ފޮނުތަކެއް އަރާ މީހާގެ އެއްވެސް ހަރަކާތެއް ނެތްކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ޚަބަރު ހުސްވެފައި އޮތީ 22 އަހަރުގެ ދިވެހި ޒުވާން ފިރިހެނެއް ކަމަށާއި، އެ މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުން ހަކަރާކްތެރިވަމުންދާ ކަމަށެވެ.

މި ޒުވާނާ ނިޔާވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ފުލުހުން އަދި އައިޖީއެމް ހޮސްޕިޓަލުންވެސް އެކަން ކަށަވަރުކޮށް ނުދެއްވައެވެ.

އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން އެ ވިދާޅުވާ ޒުވާނާ ކުޑަ ވަގުތުކޮޅެއް ކުރިން އެ ހޮސްޕިޓަލަށް ގެނެވި ޑޮކްޓަރު ބައްލަވަމުންދާ ކަމަށާއި، އެ ޒުވާނާގެ ހާލަތާ މެދުގައި އަދި އެއްޗެއް ދެންނެވެން ނެތަކަމަށެވެ.

(ތަފްސީލު އަންނަނީ)

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް