އިންނަމާދޫ

އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ފިލި ޒުވާނަކު ހޯދައިފި

އިންނަމާދޫގައި އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ފިލި ޒުވާނަކު ހޯދަން އެރަށު ރައްޔިތުން ނިކުމެއްޖެއެވެ.

ރ.އަތޮޅުގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "އުނގޫފާރު.ކޮމް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލާފައި ވަނީ އެ ރަށު ޑެއިޒީމާގެ، ހުސެއިން ސާމިރުއެވެ.

މަޢުލޫމާތު އެނގޭ މީހަކާ ހަވާލާދީ އުނގޫފާރު.ކޮމް އިން ބުނެފައިވަނީ، އޭނާ މަރުވާނެ ކަމަށް ބުނެ ފިލާފައި ވަނީ މާލެ ދާން އެޅުމުން އާއިލާއިން އެކަމާ ދެކޮޅު ހެދުމުން އުފެދުނު މައްސަލައެއްގެ ތެރެއިންން ކަމަށެވެ.

އެ ޒުވާނާ އަކީ މަސްތުވާތަކެތީގެ މައްސަލާގައި އެކި ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލަ އިންނަމާދޫ ކައުންސިލުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ ހޯދުމަށްޓަކައި އެރަށު ރައްޔިތުން ދަނީ ވަލުތެރެވެސް ބަލަމުންނެވެ.

އަޕްޑޭޓް: މަރުވާން ކަމަށްބުނެ ފިލި ޒުވާނާ ވަނީ އެރަށު ވަލުތެރެއިން ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް