ކޮވިޑް-19 ގައި އިތުރު ދިވެހި އަންހެނަކު ނިޔާވެ، އަދަދު 68 އަށް

ނުރައްކާތެރި ކޮވިޑް-19 ގައި އިތުރު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

މި ބަލީގައި މިއަދު ނިޔާވެފައި ވަނީ އުމުރުން 82 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުން ދަނިކޮށް މިއަދު 11:12 ގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮވިޑް-19 ގައި މިއަދު ދިވެއްސަކު ނިޔާވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

އެގޮތުން އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް-19 ގައި މިއަދު ރާއްޖެއިން 68 ވަނަ މީހާ ނިޔާވެފައިވާކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 25،939 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރެއިން 23،242 މީހަކު މި ބަލިން ރަނގަޅުވެފައިވާއިރު، 2،621 މީހަކު މިހަރުވެސް ދަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ.

އެޗްޕީއޭއިން ރޭ ހާމަ ކޮށްފައިވާ ގޮތުގައި 58 ދަނީ ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ހޯދަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ