ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ރިސޯޓު މުވައްޒަފުއްނަށްވެސް ކަރަންޓީން ނުވެ ރަށަށް ދެވޭނެ

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް 14 ދުވަސްފަހުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުއްނަށްވެސް ކަރަންޓީން ވުމަކާއިނުލާ ރައްރަށަށް ދަތުރު ކުރެވޭނެކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ، ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަށައަޅައިފައިވާ އުސޫލުތަކުގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ 14 ދުވަސްވެފައިވާ ރިސޯޓުތަކުގެ މުވައްޒަފުއްނަށް ކަރަންޓީން ވުމަކާއިނުލާ ރައްރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތުގައި ރަށްރަށަށް ދަތުރުކުރުމުގައި އަޅައިފައިވާ ފިޔަވަޅުތަކަށް ދިން ލުއިތައް އެޗްޕީއޭ އިން މިހާރު ހާމަކޮށްފައިވާއިރު، މި ލުއިތަކުގައި ބުނެފައިވަނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒަށް ފަހު، ރަށުގެ އާބާދީގެ 60 ޕަސެންޓު ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ ނުލައި، ކަރަންޓީނު ވުމެއް ވެސް ނެތި ދަތުރުކުރެވޭނެ ކަމަށެވެ.

ނަމަވެސް ދަތުރުކުރުމުގައި ދީފައިވާ މި ލުއިތަކަށް އަމަލުކުރަން ފަށާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެންނެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތެރެއިން 90 ޕަސެންޓް މީހުންނަށް މިހާރު ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ