ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 30،000 އިން މައްޗަށް

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ވެކްސިން ކެމްޕެއިންގެ ދަށުން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 30،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ދެންމެ ވިދާޅުވީ އިއްޔެ ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 5،561 އަރާކަމަށާއި މިއާއެކު ޖުމްލަ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 34،531 އަރައިފައިވާ ކަމަށެވެ.

އިއްޔެ ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 3،901 މީހުން އަދި އަތޮޅުތެރޭ ރައްތަކުން 1،660 މީހުންނެވެ.

މިހާތަނަށް މުޅި ޖުމްލަ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިމީހުންގެ އަދަދަކީ 277،522 އެވެ. ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ގޮތުގައި ދެމުން އައްނަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިނެވެ. މިވަގުތު ދެވަނަ ޑޯޒް ދޭން ފަށައިފައިވާ ވެކްސިނަކީ ކޮވިޝީލްޑް ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ