ކޮވިޑް-19 އިތުރު 82 މީހުން ޕޮޒިޓިވްވެ، ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 26 ހާހުން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 1،792 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 82 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 40 މީހުން، އަތޮޅުތެރޭ ރަށްތަކުން 24 މީހުން، އަދި ރިސޯޓުތަކުން 18 މީހުންނެވެ.
އަދި މިއަދު ޕޮޒިޓިވްވި 82 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 26،021 އަށް އަރާފައެވެ.
✳️ COVID-19 : Case Updates pic.twitter.com/Pq1bBKdqLa
— Health Protection Agency (@HPA_MV) April 16, 2021
މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 23،360 އެވެ. މިވަގުތު 2،584 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 53 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 68 މީހަކުވަނީ ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.




