ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފުވައްމުލަކު ލައިބްރަރީ އަށް ބޭނުންވާ ފޮތް ހަދިޔާކޮށްފިއެެވެ.
އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން އެކި އުމުރު ފުރާތަކާ ގުޅޭ 400 އަށް ވުރެ ގިނަ ފޮތް ހަދިޔާކޮށްފައިވެއެވެ. އޭގެ ތެރޭގައޮ އިނގިރޭސި، ދިވެހި އަދި ދީނީ ފޮތްތަކުގެ އިތުރުން އޭލެވެލް އިން މަތީގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހިމެނެއެވެ. މި ލައިބްރަރީ މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފާތިމަތު ރަޝީދު ވިދާޅުވީ "މި ރަށުގައި 2464 ދަރިވަރުން ދަނީ އެކި ގްރޭޑް ތަކުގައި ކިޔަވަމުން. އަދި މީގެ އިތުރުން ރަށުގައި ގާއިމްކުރެވިފައިވާ ކޮލެޖް ކެމްޕަސްގައިވެސް 500 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުން. ރަށުގައި ލައިބްރަރީ އެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުގެ ސަބަބުން ގިނަ ކުދިން ކިޔެވުމުގެ މާހައުލުގައި ބޭނުންވާ އިތުރު މައުލޫމާތު ހޯދައި، ދެނެގަތުމަށް ފޮތް ކިޔުމުގެ ފުރުސަތު މިވަނީ ނުލިބިފައި. އެހެން ކަމުން އަޅުގަނޑުގެ އަމާޒަކަށް ވީ މި ފުރުސަތު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުން."

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ



