ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 3 މިލިއަނަށްވުރެ މައްޗަށް

ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރައިފައިވާކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާރސިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރައިފައި މިވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު މީން ދުވަހަކު މައްޗަށް ނުދާމިންވަރަށް މައްޗަށް ދާންފަށައިފައިވާކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ދިންތާ އެއްދުވަސް ފަހުންނެވެ.

މިވަގުތު ކޮވިޑް-19 އެންމެހަލުވިކަމާއެކު ފެތުރެމުންދާ ގައުމަކީ އިންޑިއާއެވެ. އިންޑިއާގައި މިއަދު އެކަނިވެސް 230،000 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. މުޅި ޖުމްލަ އެގައުމުން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 14,526,609 އެވެ.

އޭއެފްޕީ އިން ރިޕޯޓްކުރާ ގޮތުގައި މިދިޔަ ހަފުތާގައި އެވްރެޖް ގޮތެއްގައި މުޅި ދުނިޔެއިން ދުވާލެއްގެ މައްޗަށް 12،000 މީހުން ކޮވިޑް-19 ޖެހިގެންވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އިސްވެރިޔާ ޑރ. ޓެޑްރޯސް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19ގެ ކޭސަސް އާއި އަދި މިބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު އުޅެނީ ކަނބޮޑުވާ ދަރަޖައެއްގައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ