ކުރިއަރގެ މަގުން ރާއްޖެ އެތެރެކުރި 4.7 މިލިއަން ރިފިޔާއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މިއަދު ބުނީ މިތަކެތި އަތުލައިގަނެފައިވަނީ 2021 އޭޕްރީލް 17 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ އިތުރު މައުލޫމާތު ދެމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިތަކެތި ރާއްޖެ އެތެރެ ކޮށްފައިވަނީ ދެފަހަރެއްގެ މަތިން ކަމަށާއި ފުރަތަމަ ފަހަރު ނައިޖީރިއާއިން 1032 ގްރާމުގެ ކޮކެއިން އެތެރެ ކޮށްފައިވާއިރު ދެވަނަ ފަހަރު ޖަމައިކާއިން 547 ގްރާމްގެ ކޮކެއިން އެތެރެ ކޮށްފައިވާ ކަމަށެވެ.
ކުރިއަރ މަގުން ރާއްޖެއެތެރެކުރަން އުޅުުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި. pic.twitter.com/rddnrQa993
— Maldives Customs (@CustomsMv) April 18, 2021
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1،579 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ޖުމްލަ 4.73 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.




