ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން: ރައީސް

ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ކަމަށް ގަބޫލުކުރައްވަނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއީ ހަވާލާދީ އެމަނިކުފާނުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖެއް ރައީސުލް ޖުމްހޫރިއްޔާއަށްވަނީ ލިބިވަޑައިގެންފައި ކަމަށެވެ.

"މިހާރު މި އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމައިފައިވާ ގޮތެއް ކަމަށް ވާތީ، މިކަމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ދެކިވަޑައިގައްނަވާ" މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމާއި ބެހޭ ބަހުސް ހޫނުވެފައި މިވަނީ ރައީސް ނަޝީދު ރައީސުލް ޖުމްހޫރިއްޔާއަށް އިއްޔެ ފޮނުއްވި މެސެޖަކާއި ގުޅިގެންނެވެ. މި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށެވެ.

މި މެސެޖު މީޑިއާގެ ސަމާލުކަމަށް އައުމާއެކު ސިޔާސީ ގިނަ ފަރާތްތަކަކުން އައްނަނީ މިކަމުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންފައެވެ. ސަރުކާރު ހިނގާ ކޯލިޝަންގެ އިސްބޭފުޅުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަަކުރައްވައިފައެވެ.

މިހާރު އަމަލުކުރާ ރިޔާސީ ނިޒާމަށް ވެރިކަން ކުރަނީ އޮގަސްޓް 18، 2007 ގައި ނެގި ވޯޓުގެ ބޮޑު ޕަސެންޓެއްގެ ރައްޔިތުން އެ އަށް ތާއީދު ކުރުމުންނެވެ. އެއީ 62 ޕަސެންޓެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ